އާދިއްތަ, November 1
ސަބަބު ރެސިޕީ: ޗޮކުލެޓު ޗިޕް ބަނާނާ ބްރެޑް

ބޭނުންވާނެ ތަކެތި:

4 ދޮންކެޔޮ

75 ގުރާމު ބަޓަރު (މެލްޓުކޮށްފައި)

100 ގުރާމު ހަކުރު

1 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

1 ސައިސަމުސާ ބޭކިން ސޯޑާ

¼ ސައިސަމުސާ ލޮނު

185 ގުރާމު ފުށް

85 ގުރާމު ޗޮކުލެޓު ޗިޕްސް

ތައްޔާރުކުރާނެ ގޮތް:

ދޮންކެޔޮ ޗިސްކުރުމަށްފަހު، އޭގެ ތެރެއަށް މެލްޓުކޮށްފައި ހުރި ބަޓަރު، ހަކުރު، ބިސް އަދި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ބޭކިންގ ސޯޑާ އާއި ލޮނާއި ފުށް އެޅުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ޗޮކުލެޓު ޗިޕްސް އަޅާފައި އެއްކޮށްލުމަށްފަހު ލޯފް ޓްރޭއަކަށް އެޅުމަށްފަހު، 180 ޑިގްރީ ސެލްސިއަސްގެ އަވަނެއްގައި 50 މިނެޓަށް ފިހެލާށެވެ. ޓޫތުޕިކަކުން ޗެކުކުރުމަށްފަހު އެތެރެ ރޯކޮށް ހުރިނަމަ، 10 ވަރަކަށް މިނެޓަށް އިތުރަށް ފިހެލާށެވެ. ހިހޫވުމުން ސާވްކުރާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު