އާދިއްތަ, November 1
ސަބަބު ރެސިޕީ: ޝަރުބަތޭ މުހައްބަތު

ފިޔާތޮށި ކުލައިގައި ހުންނަ ތާޒާ އަދި މީރު ބުއިމެއް ކަމަށްވާ ޝަރުބަތޭ މުހައްބަތަކީ އާންމުކޮށް ހޫނު މޫސުމުގައި ތައްޔާރުކުރާ އެއްޗެކެވެ. މިއީ އިންޑިއާގައި ވަރަށް މަޝްހޫރު ބުއިމެކެވެ. ރޯޒް ސިރަޕާއި ކަރާ އަދި ކިރު ބޭނުންކޮށްގެން ތައްޔާރުކުރާ މު ބިއުމަކީ ކަރުހިއްކުން ފިލުވައިދިނުމުގެ އިތުރުން ވަގުތުން މެއަށް ފިނިކަމާއި ތާޒާކަން ގެނެސްދޭ މީރު ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:

1 ޖޯޑު ރޯސް ސިރަޕް

½ ދަޅު ގެރިކިރު

1 ލީޓަރު ފެން

1 ޖޯޑު ކަރާ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ރޯސް ސިރަޕާއި، ގެރިކިރާއި ފެން އެއްކޮށްލުމަށް ރަނގަޅަށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ކަރާ އެޅުމަށްފަހު އެއްކޮށްލާށެވެ. 2-3 ގަޑިއިރު ފުރިޖުގައި ބެހެއްޓުމަށްފަހު ފިނިކަންމަތީ ސާވްކޮށްލާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު