އާދިއްތަ, November 1
ސަބަބު ރެސިޕީ: ކެރަމެލް ކްރީމް ބްރައުނީ

ބޭނުންވާ ތަކެތި:

  • 1 ބްރައުނީ މިކްސް
  • 1 ޖޯޑު ކެރަމެލް ކޭންޑީސް
  • 1/2 ޖޯޑު ޗޮކްލެޓް ޗިޕްސް
  • 1 ޖޯޑު ހަކުރު
  • 1/4 ޖޯޑު އައިސް ފެން
  • 1/2 ޖޯޑު ހެވީ ކްރީމް
  • 1 މޭޒުމަތީ ސަމުސާ ބަޓަރ
  • 2 ސައިސަމުސާ ފްލޭކް ސީ ސޯލްޓް
  • 1 1/2 ޖޯޑު ހެވީ ކްރީމް
  • 6 މޭޒުމަތީ ސަމުސާ އައިސިންގް ޝުގާ
  • 1/2 ވެނީލާ ބީންސް

ތައްޔާރު ކުރާނެ ގޮތް:

  • ބްރައުނީ ތައްޔާރުކުރުން:

ބްރައުނީ މިކްސް ފޮށީގައި ބުނެފައިވާ ގޮތަށް އެއްކޮށްލާށެވެ. ޓްރޭގައި ކުކިންގ ސްޕްރޭ ޖަހާފައި ބްރައުނީ މިކްސް އަޅާލާށެވެ. ކެރަމެލް ކޭންޑީސް އަދި ޗޮކްލެޓް ޗިޕްސް އަޅާލާށެވެ. 350 ޑިގްރީ ފަރަންހައިޓްގައި 35 މިނެޓު ވަންދެން ފިހެލާށެވެ.

  • ވެނީލާ ވިޕިންގ ކްރީމް ތައްޔާރުކުރުން:

1 1/2 ޖޯޑު ހެވީ ކްރީމް، 6 މޭޒުމަތީ ސަމުސާ އައިސިންގ ޝުގާ އަދި 1/2 ވެނީލާ ބީންސް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށް ވަންދެން ގިރާލާށެވެ.

  • ކެރަމެލް ތައްޔާރުކުރުން:

1 ޖޯޑު ހަކުރާއި 1/4 ޖޯޑު އައިސް ފެން އެއްކޮށްލާފައި ހޫނުކުރަން ފަށާށެވެ. ހަކުރު ޗޮކްލެޓް ކުލައަށް ބަދަލުވަންދެން ގަށަމުން ހޫނުކުރާށެވެ. 1/2 ޖޯޑު ހެވީ ކްރީމް އަޅާފައި ކައްކާލާށެވެ. ގިނި މަޑުކޮށްފައި 1 މޭޒުމަތީ ސަމުސާ ބަޓަރާއި 2 ސައިސަމުސާ ފްލޭކް ސީ ސޯލްޓް އަޅާ އެއްކޮށްލާށެވެ.

  • ބްރައުނީ ފުރިހަމަކުރުން:

ބްރައުނީގެ މަތީ ކައިރި ފަށުގައި ވިޕިންގ ކްރީމްގެ ލމްގެ ލޭޔަރއެއް އަޅާލާށެވެ. ވިޕިންގ ކްރީމްގެ މައްޗަށް ކެރަމެލް އަޅާލާށެވެ. ބާކީ ހުރި ވިޕިންގ ކްރީމްއިން ބްރައުނީގެ މަތި ރީތިކޮށްލާށެވެ.

  • ސާރވްކުރުން:

ބްރައުނީ ފިނިވުމުން ކަޓަރުން ކަނޑާލާފައި ސާރވްކުރާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު