Friday, November 13
ސަބަބު ރެސިޕީ: އޯވަރ ނައިޓް ޗިއާ ސީޑްސް

ޗިއާ ސީޑްސް އަކީ އޭގައި ވަރަށް ގިނަ ނިއުޓްރިޝަނަލް މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑް އަދި ފައިބަރ ފަދަ މާއްދާތައް އެކުލެވެއެވެ. ކެއުމުގައި ޗިއާ ސީޑްސް ހިމެނުމުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމުގެ އިތުރުން ގޮހޮރާއި ހަޖަމުގެ ނިޒާމުގެ ސިއްހަތު ދުޅަހެކޮށް ދެމެހެއްޓުމަށް އެހިތެރިވެދެ ކަމަށް ސިއްހީ މާހިރުންނާއި ޑައިޓީޝަނުން ވެސް ފާހަގަކުރެއެވެ.

މިއީ ރޯދަ ވީއްލާ ގަޑިއަށް ވަރަށް ރަނގަޅު ކެއުމެކެވެ.

  • ޗިއާ ޕުޑިން ހެދުމަށް ބޭނުންވާ ތަކެތި
  • ¼ ޖޯޑް ޗިއާ ސީޑް
  • ½ ޖޯޑް ކިރު
  • 1 މޭޒުމަތީ ސަމްސާ ޔޯގަޓް ( ބޭނުންވައްތަރެއް )
  • 2 މޭޒުމަތީ ސަމްސާ މެޕްލް ސިރަޕް ނުވަތަ ފޮނިކޮށްލަން މާމުއިވެސް ބޭނުން ކުރެވިދާނެ
  • 1 ސައިސަމްސާ ވެނިލާ އެސެންސް
  • ¼ ޖޯޑް އަންނާރު ނުވަތަ ލިބެންހުރި މޭވާއެއް

ތައްޔާރުކުރާނެ ގޮތް

ހުރިހާ އެއްޗެއް އެއްކޮށް މިކްސް ކުރުމަށް ފަހު އެއް ދުވަސް ވަންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ. އަނެއްދުވަހު އައިސް އަލަމާރިން ނަގާ ތައްޓަކަށް އަޅާލާށެވެ. ކާން ބޭނުންކުރާ ތައްޓަށް ފުރަތަމަ ޗިއާ ސީޑްސް އަޅާލާށެވެ. އެއަށްފަހު އަންނާރު އަޅަމުން ލޭޔަރ ކުރެވިދާނެއެވެ. އެންމެ މައްޗަށް އަންނާރު އަޅާލާށެވެ.  އަންނާރާއި އެކީ ކޮންމެވެސް ކަހަލަ ނަޓްސް އެއް އަޅާލާށެވެ. ވަރަށް މީރުވާނެއެވެ.

ނޯޓް: އަންނާރުގެ ބަދަލުގައި ބޭނުން މޭވާ އެއް ބޭނުންކުރެވިދާނެއެވެ. އަނބު އަދި ދޮންކެ ނުވަތަ ޕެޝަން ފުރުޓްވެސް ވަރަށް މީރުވާނެއެވެ. އާފަލު އަޅާނަމަ ގާނާފައި މިކްސްކޮށްލުމުން ވަރަށް މީރުވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު