އާދިއްތަ, November 1
ސަބަބު ރެސިޕީ: އޯޓްސް އޮމްލެޓް

އޯޓްސް އަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. މިގޮތުން ކޮލެސްޓްރޯލު އަދި ހަކުރު ކޮންޓްރޯލްކުރުމުގެ އިތުރުން ބަރުދަން ލުއިކުރުމަށާއި، ހަޖަމުގެ ނިޒާމަށާއި ބަނޑުގެ ސަރުބީ ވިރުވުމަށްވެސް ވަރަށް ރަނގަޅު ކާއެއްޗެކެވެ. ދެން މި ރެސިޕީގައި ހިމެނޭ ބިހަކީވެސް ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާއެއް ކަމަށްވާ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ހަޖަމުގެ ނިޒާމު ރަނގަޅުކޮށް، ބަރުދަން ލުއިކުރަން ބޭނުންނަމަ، ރޯދަ ވީއްލާ ގަޑީގައި އޯޓްސް އޮމްލެޓު ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

ބޭނުންވާނެ ތަކެތި:

¼ ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)

ކުޑަ މިރުސްކޮޅެއް (ހިމުންކޮށް ކޮށާފައި)

½ ޓޮމާޓޯ (ހިމުންކޮށް ކޮށާފައި)

1 ސައިސަމުސާ މަސްދަޅު

ލޮނުކޮޅެއް

2 ބިސް

2 ސައިސަމުސާ އޯޓްސް

ތައްޔާރުކުރާނެ ގޮތް:

ހިމުންކޮށް ކޮށާފައި ހުރި ފިޔާ، މިރުސް، ލޮނު އަދި ޓޮމާޓޯ އާއި މަސްދަޅު އެއްކޮށް މޮޑެލާށެވެ. އޭގެ ތެރެއަށް ބިސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޯޓްސްވެސް އެއާ އެއްކޮށްފައި އާންމުކޮށް ބިސްގަނޑު ފިހާ ގޮތަށް ތަވައެއްގައި ފިހެލާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު