އާދިއްތަ, November 1
ޕެޝަން ފުރުޓު ފަތް؛ ސިއްހީ ފައިދާތައް ގިނަ، ރޯދަވީއްލާ ވަގުތަށް މިސަޓަނި ތައްޔާރު ކޮށްލަމާ!

ދިވެހިންގެ ކެއުމުގެ ވައްޓަފާޅީގައި އާންމުގޮތެއްގައި، ކޮންމެވެސް ކަހަލަ ސެލެޑެއް ނޫނީ ސަޓަންޏެއް ހުންނަކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ރޯދަމަހު ކޮންމެވެސް ކަހަލަ ސަޓަންޏަކާ ނުލައި ރޯދަވީއްލުމަށްފަހު، ނާސްތާއަށް ތައްޔާރު ކުރާ ސުފުރާ ފުރިހަމަ ނުވެއެވެ. އޭގެ ތެރެއިންވެސް ޕެޝަންފުރުޓުފަތުގެ ސަޓަންޏަކީ، އޭގެ ރަހަ އެއްފަހަރު އެނގިއްޖެނަމަ އެރަހަ ހިތުން ފިލައިނުދާނެހާ މީރު، ޒަމާނުއްސުރެ ދިވެހިން ކެއުމުގައި ބޭނުންކުރަމުން އަންނަ، ގިނަގުނަ ސިއްހީ ފައިދާތަކެއް ލިބިދޭ ސަޓަންޏެކެވެ.

ސިއްހީ ފައިދާތައް
ޕެޝަން ފުރުޓު ފަތަކީ ފައިބަރ، ވިޓަމިން އޭ، ވިޓަމިން ސީ އަދި ނިއަސިން ފަދަ މުހިންމު ބާވަތްތަކުން މުއްސަނދި ފަތެކެވެ. މި ފަތުގައި އެކުލެވޭ ހާމަން ފަދަ އަލްކަލޮއިޑްތަކުގެ ސަބަބުން ކަންބޮޑުވުން ކުޑަކޮށްދީ، ނިދުމަށް އެހީތެރިވެދެއެވެ. އަދި މި ފަތުގައި އެކުލެވޭ ފްލެވަނޮއިޑްސްގެ ސަބަބުން ހިތުގެ ސިއްހަތު ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

ސަޓަނި ތައްޔާރުކުރާނެ ގޮތް
ބޭނުންވާ ތަކެތި (އާއިލާގެމެންބަރުންގ ގިނަ ނަމަ ފަތާއި އެހެނިހެން ސާމާނު ގިނަ ކޮށްލާށެވެ.

  • 6 ވަަރަކަށް ޕެޝަން ފުރުޓު ފަތް (ތުނިކޮށް ކުދިކޮށް ކޮށާފައި)
  • 1 ފިޔާ (ތުނިކޮށް ކުދިކުދިކޮށް ކޮށާފައި)
  • 1 ހިކަދިފަތް (ކުދިކުދިކޮށް ތުނިކޮށް ކޮށާފަ)
  • ހިކިމަސް (ފުނޑުކޮށްފައި)
  • ހިކިމިރުސް ހިމުންކޮށް ފުނޑުކޮށްފައި، ނޫނީ ރޯމިރުސް ކުދިކުދިކޮށް ކޮށާފައި
  • ކާށިކިރު (ބޯކިރު)
  • 1 ލުނބޯ
  • ލޮނުކޮޅެއް

ފިޔާ، ހިކަނދިފަތް، މިރުސް އެއްކޮށްލުމަށްފަހު މަސްކޮޅު އަޅައިގެން ރަނގަޅަށް މޮޑެމުން، ލުނބޯހުތް އެއްކޮށައި ލޮނުއަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ކާށި ކިރުފޮދު (ބޭނުންނަމަ ކާށިކިރުފޮދު އަޅާށެވެ. ކާށިކިރު ފޮދެއް އެޅުމުން މި ސަޓަނީގެ ރަހަ ވަރަށް މީރު ކޮށްދޭނެއެވެ.) ރަނގަޅަށް އެއްކޮށްލުމަށްފަހު ރަހަ ބަލާށެވެ.

ސިއްޙީ އަދި ނަފްސާނީ ފައިދާތައް
ޕެޝަން ފުރުޓު ފަތަކީ، ސިއްޙީ އަދި ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ފައިދާތަކެއްއެކުލެވޭ ފަތެކެވެ. މި ފަތުގައި އެކުލެވޭ ޚާއްޞަ މާއްދާތަކުގެ ސަބަބުން:

  • ނަފްސާނީ ހިތްހަމަޖެހުން އިތުރުކުރެއެވެ.
  • ކަންބޮޑުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
  • ރަނގަޅަށް ނިދުމަށް މަގުފަހިކޮށްދެއެވެ.

ސަމާލުވާންޖެހޭ ކަންތައްތައް: މި ފަތުގެ ފައިދާތައް ގިނަ ނަމަވެސް، މާބަނޑު އަންހެނުންނާއި ކިރުދޭ މައިން މި ފަތް ބޭނުންކުރުމުގެ ކުރިން ސިއްހީ ލަފާ ހޯދުން މުހިންމެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނަށް މި ފަތުން ފައިދާ ލިބޭ ނަމަވެސް، އެ ފަރާތްތަކުންވެސް ޑޮކްޓަރުގެ ލަފާގެ މަތިން މި ފަތް ބޭނުންކުރުން މުހިންމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު