Saturday, November 14
ސަބަބު ރެސިޕީ: ބަނާނާ ބްރެޑް

ރަމަޟާން މަހަކީ  ދިވެހިން ވަރަށް ގިނައިން ދޮންކެޔޮ ބޭނުންކުރާ މަހެކެވެ.ބާޒާރުގައި ދޮންކެޔޮ ވަރަށް ތިޔާގި މަހެކެވެ. އަދި ރާއްޖޭގައި އާއްމުކޮށް ލިބެން ހުންނަ މޭވާއެކެވެ. މި ރެސިޕީ އަށް ވީހާވެސް ބޮޑަށް ދޮންވެފައި ހުންނަ ދޮންކެޔޮ ބޭނުންކުރުމުން ރަހަ މީރުވާނެއެވެ.

ބޭނުންވާ ތަކެތި

  • 4 ދޮންކެޔޮ ވަރަށް ބޮޑަށް ދޮންވެފައި
  • 2 ބިސް
  • 1 ސައި ސަމްސާ ވެނީލާ އެސެންސް
  • 2 މޭޒުމަތީ  ސަމްސާ ހަކުރު
  • 2 މޭޒުމަތީ ސަމްސާ ބަޓަރ
  • 2 މޭޒުމަތީ ސަމްސާ ކިރު ( ދިޔާ )
  • ½ ޖޯޑް ފުށް
  • ½ ސައިސަމްސާ ބޭކިންގ ސޮޑަރ
  • ކުޑަ ލޮނުކޮޅެއް ( ނިޔަރޮދިން ނެގޭ ވަރުގެ )
  • 2 މޭޒުމަތީ ސަމްސާ ވޯލް ނަޓް
  • 2 މޭޒުމަތީ ސަމްސާ ޗޮކްލެޓް ޗިޕް

ތައްޔާރުކުރާނެ ގޮތް

ދޮންކެޔޮތައް ޗަސްކޮށް ބިސް، ވެނީލާ އަދި ހަކުރު އަޅައިގެން ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު ތެޔޮ، ކިރު، ފުށް އަދި ބޭކިން ސޮޑާ އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ވޯލް ނަޓް އަދި ޗޮކްލެޓް ޗިޕް އަޅާ މިކްސްކޮށްލާށެވެ.

ޕާން ފިހާކަަލަ ޓްރޭއެއްގައި ބަޓަރު ހާކާފައި އަޅާލާށެވެ.

190 ޑިގްރީގައި ގާތްގަޑަކަށް 20-25 މިނެޓް ފިހެލާށެވެ.

ނޯޓް: އަވަން ކުރިން ހޫނުކުރަން ހަނދާން ބަހައްޓާށެވެ. އަދި އެމީހަކު ގެންގުޅޭ އަވަނުގެ ފިނި ހޫނުމިނަށް ބަލާ ގަޑިއާއި ފިނިހޫނުމިނަށް ބަދަލުގެންނާށެވެ.

އަދި ވޯލް ނަޓްސް އާއި ޗޮކްލެޓް ޗިޕް ނާޅާވެސް މި ރެސިޕީ ތައްޔާރު ކުރެވިދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު