އާދިއްތަ, November 1
ސަބަބު ރެސިޕީ: ބަނާނާ ޗޮކުލެޓު ކެސެޑިއާ

ބަނާނާ ޗޮކުލެޓު ކެސެޑިއާ އަކީ އަނގައަށް މީރު، ތައްޔާރުކޮށްލަން ނިކަން ފަސޭހަ އެއްޗެކެވެ. މިއީ ކުޑަކުދިންނަށްވެސް ކަމުދާނެ، ޗޮކުލެޓުގެ ރަހައާއި ދޮންކޭލުގެ ޞިއްޙީ ފައިދާއާއެކު ކާލަން ވަރަށް މީރު އެއްޗެކެވެ.

ބިޒީކޮށް އުޅުމަށްފަހު އައިސް ފަސޭހަކަމާއެކު ފޮނި އެއްޗެއް ތައްޔާރުކޮށްލަން ބޭނުން ދުވަހަކަށް މި ރެސިޕީ ސޭވްކޮށްލާށެވެ.

ބޭނުންވާ ތަކެތި:

ޓޯޓިއާ ރޮށި

½ މޭޒުމަތީ ސަމުސާ ނިއުޓެލާ

1 ކުޑަ ދޮންކެޔޮ

ތައްޔާރުކުރާނެ ގޮތް:

ޓޯޓިއާގައި ނިއުޓެލާކޮޅު ފަތުރާލާށެވެ. އެއަށްފަހު ދޮންކެޔޮ ތުނިކޮށް ކޮށާލުމަށްފަހު ޓޯޓިއާގެ އެއް ފަޅީގައި އަތުރާލާށެވެ. ދެން ޓޯޓިއާ މެދުން އޮޅާލުމަށްފަހު ހޫނު ތަވައެއްގައި ފިހެލާށެވެ. އެއަށްފަހު ކޮންމެ ކެސެޑިއާއެއް ތިނެސްކަނަށް ވާ ގޮތަށް ހަތަރު ބައި ކޮށްލާށެވެ. ބޭނުންނަމަ ވިޕިންގ ކްރީމާއެކު ސާވްކުރާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު