Saturday, October 31
އިބްރާހިމް ގެ ފުރަތަމަ ފިލްމު މި މަހު ނެޓްފްލިކްސް އަށް އަންނަނީ

ބޮލީވުޑްގެ މަޝްހޫރު ތަރިން ސައިފް އަލީ ޚާން އަދި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ޚާން، ފުރަތަމަ ފަހަރަށް ފިލްމީ ދުނިޔެއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އޭނާގެ ފުރަތަމަ ފިލްމު "ނަދާނިޔާން" މި މަހު ނެޓްފްލިކްސްގައި ދައްކަން ހަމަޖެހިފައިވާ ކަމަށް ނެޓްފްލިކްސް އިންޑިއާއިން ވަނީ ހާމަކޮށްފައެވެ.

ރޮމެންޓިކް ކޮމެޑީ ގޮތުގައި ތައްޔާރުކޮށްފައިވާ މި ފިލްމުގައި އިބްރާހިމްގެ ކޯ ސްޓާރ އަކީ ޚުޝީ ކަޕޫރެވެ. މި ފިލްމަކީ "ނެކްސްޓް ނަދާން ލަވް" ގެ ގޮތުގައިވެސް ފާހަގަކުރެވޭ ފިލްމެކެވެ.

ނެޓްފްލިކްސް އިންޑިއާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން މިއަދު ޝެއަރކުރި ޕޯސްޓެއްގައި ވަނީ "އެންމެންގެ ޑައްބާތައް (ފޮށިތައް) ތައްޔާރުކުރާށެވެ - މި މަހު އެއްވެސް އެއްޗެއް ދޫކޮށްނުލާނެއެވެ" މިހެންނެވެ. ނަމަވެސް ފިލްމު ދައްކާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނެޓްފްލިކްސް އިންޑިއާ- އިންސްޓާގްރާމް
ނެޓްފްލިކްސް އިންޑިއާ- އިންސްޓާގްރާމް

ކުރިން މި ފިލްމު ނެޓްފްލިކްސްގައި ދައްކާނެކަން ރަސްމީކޮށް އިޢުލާނުކުރެވުނު ނަމަވެސް، ދައްކާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް މިހާރު ފެންނަ ގޮތުގައި މި ފެބްރުއަރީ މަހުގައި މި ފިލްމު ގިނަ ބަޔަކަށް ފެންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު