އާދިއްތަ, November 1
ސައިފް އަލީ ޚާންއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ސައިފް އަށް މި ހަމަލާ ދީފައި މިވަނީ ރޭފަތިހު މުމްބާއީގައި ހުންނަ ސައިފުގެ ގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހެކެވެ.

މުމްބާއީ ޕޮލިހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ފަތިހު 4 ޖަހާ އެހާކަންހާއިރު ސައިފުގެ އަނބިމީހާ ކަމުގައިވާ ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކަރީނާ އާއި އެ ދެމީހުންގެ ދެ ދަރިންގެ ވެސް ކުރިމަތީގައެވެ.

ވައްކަން ކުރަން އުޅުނު މީހާއާއި ސައިފު ކުރި މަތިލާ އެމީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި ސައިފުއަށް ވަޅިން އެތަށް ހަމަލާއެއް ލިބިފައިވާ ކަމުގައި ރިޕޯޓުތަށް ބުނެއެވެ. އަދި މިހަމަލާ ތަކުގައި ވަރަށް ބޮޑަށް ޒަހަމްވެ، ސާޖަރީ ކުރަން ޖެހި ސައިފު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމުގައި ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނެފައި ވެއެވެ.

މުމްބާއީގެ އެންމެ ރައްކާތެރި އެއް ހިސާބުގައި މިފަދަ ހާދިސާއެއް ހިނގާފާނެ ގޮތަކާ މެދު ސައިފު އަދި ކަރީނާގެ ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލަ މުމްބާއީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު