Wednesday, November 18
ޝާހިދާއި މީރާ އައު އަހަރު ފާހަގަކުރުމަށް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހިދް ކަޕޫރާއި އޭނާގެ އަނބިމީހާ، މީރާ ރާޖްޕުތު ކަޕޫރް އައު އަހަރު ފާހަގަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޝާހިދާއި މީރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގައެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ މީގެ ދެ ތިން ދުވަސް ކުރިންނެވެ. އަދި އެމީހުން ވަނީ ޗުއްޓީގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޝާހިދާއި މީރާ ވަނީ މީގެ ކުރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. ރާއްޖެއަކީ އިންޑިއާގެ ގިނަ ފިލްމީ ތަރިންގެ މެދުގައި ވަރަށް މަޤުބޫލު ޗުއްޓީ މަންޒިލެކެވެ.

ޝާހިދު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާގެ ފިލްމު "ދޭވާ" މި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޒީ ސްޓޫޑިއޯސް އާއި ރޯއި ކަޕޫރް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމްގައި ޝާހިދާއެކު ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޕޫޖާ ހެޖު އަދި ޕަވައިލް ގުލާޓީ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު