Wednesday, November 18
ބަނޑުގެ ސަރުބީ ވިރުވައިދޭ 10 މޭވާއެއް

ރަނގަޅު ބަރުދަނެއްގައި ހުރުމަކީ ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، ގިނަ ފަހަރު މިކަން އޮންނަނީ ނުކުރެވިފައެވެ. ތިރީގައިވާ މޭވާގެ ބާވަތްތަކަކީ ބަނޑުގެ ސަރުބީ ވިރުމަށް މަގުފަހިކޮށްދީގެން ބަރުދަން ލުއިކޮށްދޭ، ޞިއްޙަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާތަކެކެވެ.

  1. އާފަލު

Apple | Description, Cultivation, Domestication, Varieties, Uses,  Nutrition, & Facts | Britannica

އާފަލަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ، ކެލޮރީސް މަދު މޭވާގެ ބާވަތެކެވެ. އަދި ގިނައިރުވަންދެން ބަނޑު ފުރުވާފައި ބެހެއްޓުމުގެ ސަބަބުން ސަރުބީ ވިރުމުގައި އެހީތެރިވެދޭ މޭވާއެއްވެސް މެއެވެ. އެގޮތުން، އާފަލުގައި ހިމެނޭ ޕެކްޓިންގެ ސަބަބުން ހަޖަމުވާ މިންވަރު ލަސްކޮށްދީ، ބަނޑުހައިވާ މިންވަރުވެސް ކުޑަވެއެވެ.

  1. ބެރީސް

BERRY FRESH MONTH

ސްޓްރޯބެރީއާއި، ބްލޫބެރީ އަދި ރާސްބެރީ އަކީ އެންޓިއޮކްސިޑެންޓް އަދި ފައިބާއިން ފުރިގެންވާ، ގޭސް މައްސަލަވެސް ފަސޭހަކޮށްދީ، ސަރުބީ ވިރާ މިންވަރު ރަނގަޅުކޮށްދޭ މޭވާތަކެވެ. މީގެ އިތުރުން، ބެރީސް އަކީ ގްލައިސީމިކް އިންޑެކްސް ވެސް ވަރަށް ކުޑަ މޭވާގެ ބާވަތެކެވެ.

  1. އޮރެންޖު

Types of Oranges

ކެލޮރީސް މަދު އަދި ވިޓަމިން ސީން ފުރިގެންވާ އޮރެންޖަކީ މެޓަބޮލިޒަމް އަވަސްކޮށްދީ، ސަރުބީ ވިރުމުގައި އެހީތެރިވެދޭ މޭވާއެކެވެ. އޮރެންޖުގައި ހިމެނޭ ފައިބާގެ ސަބަބުން ހަޖަމުގެ ނިޒާމަށް ފަސޭހަވެ، ބަނޑުހައިވާ މިންވަރު މަދުވެގެންދެއެވެ.

  1. އެވޮކާޑޯ

Superfood of the Month: Avocado | Lexington Medical Center Blog | LexWell

ޞިއްޙަތަށް ފައިދާހުރި ފެޓްސް އަދި ފައިބާއިން ފުރިގެންވާ އެވޮކާޑޯ އަކީ ބަނޑުފުރައިދޭ އަދި ސަރުބީ ވިރުވާ ހޯމޯންތައް ރެގިއުލޭޓުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި އިންފްލެމޭޝަން ކުޑަކޮށްދިނުމުގެ ސަބަބުން ބަނޑުގެ ސަރުބީ މަދުކޮށްދޭ މޭވާއެއްވެސް މެއެވެ.

  1. ފަޅޯ

Papaya: Produce of the Month - Rehab2Perform

ފަޅޮލަކީ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދޭ އެންޒައިމެއް ކަމަށްވާ ޕަޕައިން ހިމެނިގެންވާ، ގޭސް މައްސަލަވެސް ހައްލުކޮށްދޭ މޭވާއެކެވެ. އަދި އޭގައި ހިމެނޭ ފައިބާގެ ސަބަބުން ގޮހޮރުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ބަނޑުގެ ސަރުބީ ވިރުވުމަށްވެސް އެހީތެރިވެދެއެވެ.

  1. ގްރޭޕްފްރުޓް

Fruit and Vegetable Guide Series: Grapefruit | USU

ސަރުބީ ވިރުވައިދޭ މާއްދާތަކަށް މަޝްހޫރު ގްރޭޕްފްރުޓަކީ ހަކުރާއި އިންސުލިން ލެވެލްތައް ރެގިއުލޭޓުކޮށްދީ، ބަނޑުގެ ސަރުބީ މަދުކޮށްދޭ މޭވާއެކެވެ.

  1. ކަރާ

Watermelon | SNAP-Ed

ކެލޮރީސް މަދު އަދި ގިނަ އަދަދަކަށް ފެން އެކުލެވިގެންވާ ކަރާއަކީ ހައިޑްރޭޝަން އިތުރުކޮށްދީ، ބަނޑުހައިވާ މިންވަރު ދަށްކުރުމުގެ އިތުރުން ބަނޑުގެ ސަރުބީ މަދުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި، ކަރާގައި ހިމެނޭ އެމައިނޯ އެސިޑެއް ކަމަށްވާ އާޖިނިން އަކީ ސަރުބީ ވިރުވައިދޭ ނިޒާމުތަކަށް އެހީތެރިވެދޭ އެއްޗެކެވެ.

  1. އަންނާރު

Benefits of pomegranate for weight loss and glowing skin | HealthShots

ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް އެކުލެވިގެންވާ އަންނާރަކީ އިންފްލެމޭޝަނާ ހަނގުރާމަކޮށް، ފެޓް މެޓަބޮލިޒަމް ރަނގަޅުކޮށްދޭ މޭވާއެކެވެ. އޭގައި ހިމެނޭ ޕޮލިފީނޯލްސްގެ ސަބަބުން ކޮލެސްޓްރޯލު ދަށްވެ، ބަނޑުގެ ސަރުބީއަށް އަސަރުކުރެއެވެ.

  1. އަލަނާސި

Pineapples | SNAP-Ed

އަލަނާސިގައި ހިމެނޭ ބްރޮމެލައިން އެންޒައިމަކީ ހަޖަމުގެ ނިޒާމާއި ބްލޯޓިން ރަނގަޅުކޮށްދޭ އެއްޗެކެވެ. އަދި އަލަނާސިއަކީ ފޮނި މޭވާއަކަށްވުމުން، ހަކުރު ކާހިތްވާ މިންވަރު ދަށްވެ، ބަރުދަން މެނޭޖުކުރުމުގައި އެހީތެރިއަކަށް ވެގެންދެއެވެ.

  1. ދޮންކެޔޮ

Bananas: Health benefits, tips, and risks

ޕޮޓޭސިއަމް އަދި ރެސިސްޓަންޓް ސްޓާޗް އެކުލެވިގެންވާ ދޮންކޭލަކީ ވޯޓާ ރިޓެންޝަން މަދުކުރުމަށާއި ސަރުބީ ވިރާ މިންވަރު އިތުރުކުރުމުގައި އެހީތެރިވެދޭ މޭވާއެކެވެ. އަދި ކަސްރަތު ކުރުމަށް ބޭނުންވާ ހަކަތަވެސް ލިއްބައިދިނުމުގެ ސަބަބުން ދޮންކޭލަކީ ޖުމުލަކޮށް ބަރުދަން ލުއިކުރުމަށް އެއްބާރުލުންދޭ މޭވާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު