އާދިއްތަ, November 1
މަލައިކާ ހުރީ އަދިވެސް ސިންގަލް ކޮށް

ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ އަދި ފެޝަން ސްޓައިލިސްޓް ރާހުުލް ވިޖޭ އާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތަށް މިވަނީ ފެތުރިފަ އެވެ.

މިއަޑުތަށް ފެތުރެންފެށީ ދެމީހުން އެއްކޮށް ޕަބްލިކްގައި މާގިނައިން ފެންނަން ފެށުމާއި އަދި ރާހުލްގެ އިންސްޓަގްރާމްގައި މަލައިކާއާއެކު ނަގާފައިވާ ސެލްފީއެއް ޕޯސްޓްކުރުމާއި ގުޅިގެންނެވެ.

ނަމަވެސް މަލައިކާގެ ގާތްމީހުންނާ ހަވާލާދީ ރިޕޯޓް ތަކުން ބުނީ ރާހުލް އަކީ މަލައިކާގެ ފިރިހެން ދަރިފުޅުގެ ސްޓައިލިސްޓް ކަމަށާއި އެނޫން ގުޅުމެއް އެދެމީހުންގެ ދޭތެރޭގައި ނުވާކަމަށެވެ. އަދިވެސް މަލައިކާ ހުރީ ސިންގަލް ކޮށް ކަމަށެވެ.

ރާހުލް ވިޖޭ އަކީ ފެޝަން ޑިޒައިންގެ ޑިގްރީއެއް ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ މޮޅު ފެޝަން ސްޓައިލިސްޓްއެކެވެ. އޭނާއަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސާރާ އަލީ ހާން ފަދަ ގިނަ ތަރިންތަކެއްގެ ސްޓައިލިސްޓްއެވެ.

ރާހުލް އަދި މަލައިކާ

މި އަޑުތަކާއި ގުޅޭގޮތުން ރާހުލް އަދި މަލައިކާވެސް ވަކިއެއްޗެއް ބުނެފައި ނުވާއިރު، މަޝްހޫރު ތަރި އަރުޖުން ކަޕޫރާއި މަލައިކާ ލޯބީގެގޮތުން ގުޅިގެން އުޅުމަށް ފަހު ދެމީހުންގެ ގުޅުމަށް ނިމުން އާއިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ.

އަރުޖުން އާއި މަލައިކާގެ ގުޅުން ނިމުނުކަން އެދެމީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު