އާދިއްތަ, November 1
ޕުޝްޕާ 2 ބަލަން ދިޔަ އަންހެނަކު ނޭވާހާސްވެގެން މަރުވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "ޕުޝްޕާ" ފިލްމުގެ ދެވަނަބާއި "ޕުޝްޕާ 2" ބަލަން ސިނަމާއަށް ދިޔަ އަންހެނަކު ނޭވާހާސްވެގެން މަރުވެއްޖެއެވެ.

މި އަންހެން މީހާ މަރުވެފައިވަނީ "ޕުޝްޕާ 2" ޕްރިމާކުރި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސިނަމާ ބޭރުގައި މީހުން ގިނަވެ ފިތިބާރުވެ، ނޭވާހާސްވެގެންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެއީ އުމުރުން 35 އަހަރުގެ އަންހެނެކެވެ. އަދި އޭނާއާ އެކު ސިނަމާއަށް ގޮސް ހުރި 13 އަހަރުގެ ދަރިފުޅަށް ލިބުނު ޒަހަމްތަކަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށެވެ.

ޕީއެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ޕީއެންސީ

2021 ވަނަ އަހަރު ނެރުނު "ޕުޝްޕާ" ގެ ދެވަނަ ބައިގެ ގޮތުގައި ނުކުންނަ "ޕުޝްޕާ 2: ދަ ރޫލް" ސިނަމާތަކުގއި އެޅުވީ މި މަހުގެ 5 ވަނަ ދުވަހުގަ އެވެ. ފިލްމު ރިވިއުކުރާ ފަރާތްތަކުން މިހާރުވެސް ފިލަމަށް ވަނީ ބްލޮކް ބަސްޓާގެ ލަގަބު ދީފައެވެ.

ދިމާވި ހާދިސާއާއި ގުޅިގެން ޕުޝްޕާ 2ގެ ލީޑް ތަރި އައްލޫ އަރުޖުން ވަނީ މަރުވި އަންހެން މީހާގެ އާއިލާއަށް ގުޅާ ހިތާމާއިގަ ބައިވެރިވެފައެވެ. އަދި މި ދަނޑިވަޅުގައި އާއިލާއަށް އެހީތެރިވުމުގެ ގޮތުން 25 ލައްކަ ރުޕީސް ދޭނެ ކަމަށް ވައުދުވެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު