Wednesday, November 18
އެމްބަރ ހާޑަށް ދެވަނަ ކުއްޖަކު ލިބެނީ

މަޤުބޫލު އިނގިރޭސި ފިލްމީ ތަރި ޖޯނީ ޑެޕްގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް، އެމްބަރ ހާޑަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

38 އަހަރުގެ އެމްބަރ އާންމުންނަށް އެންމެ މަޝްހޫރުވެގެންދިޔައީ ޑީސީގެ ފިލްމު އަކުއާމޭން އިންނެވެ. އޭނާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ޚަބަރު އެމްބަރގެ ރެޕްރެޒެންޓޭޓިވަކު ވަނީ ޕީޕަލް މެގަޒިނަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

އެމްބަރގެ ފުރަތަމަ ދަރިފުޅު، އޫނާ ޕެއިޖު އުފަންވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ސަރޮގެސީ މެދުވެރިކޮށެވެ. އެމްބަރގެ މިފަހަރުގެ ދަރިފުޅުވެސް ހޯދަނީ ސަރޮގަސީ މެދުވެރިކޮށް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު