ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ 2026 މާރިޗު 25 ވަނަ ދުވަހު ކަމަށެވެ.
އަދި މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށާއި، އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސްމީހުން ކަމަށްވާ އެމް.ޑީ ހޮސައިން (30އ) އާއި އެމް.ޑީ މެހެދި ހަސަން (34އ) އާއި އެމް.ޑީ ޝާ އަލަމް (39އ) އާއި ސަރފިފް ހަސަން (38އ) އާއި ރަސަލް (20އ) ކަމަށެވެ.
މި ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.






