ޖޫން 1 ގައި މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ 2025 ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަޙުޤީޤުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި، މި މަޢުލޫމާތަށް ބަލައި، މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ތަޙުޤީގު އެއްކޮށް ނިމުމުން ތަޙުޤީޤުގައި ފާހަގަކުރެވުނު ކަންކަން މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.
2025 ޖޫން 1 ވަނަ ދުވަހު މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފައެވެ.
އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނީ ޖޫން 1 ވަނަ ދުވަހު މާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއަދުވެސް މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.
މި ލިޔުން ކިޔާލުމުން