Saturday, October 31
އިތުރު ތިން ފިހާރައަކުން ބީއެމްއެލްގެ "ރަން ފުރުސަތު" ޕްރޮމޯޝަނާ ގުޅިއްޖެ

އިތުރު ތިން ފިހާރައަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ ގުޅިއްޖެއެވެ.

މިގޮތުން މި ޕްރޮމޯޝަނާ އަލަށް ގުޅިފައިވަނީ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ އެވެ.

ރޯދައަށް ޚާއްޞަކޮށްގެން ބީއެމްއެލް އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކުވެސް ޚާއްޞަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މިގޮތުން މިއަދުން ފެށިގެން 7 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ފިހާރަތަކުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

"ރަން ފުރުސަތު" ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތައްވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު