Saturday, October 31
ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ރެޑްވޭވުން ވިޔަފާރިކޮށްގެން ކޮންމެ ހަފުތާއަކު 5،000 ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާލޭގެ މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ ރެޑްވޭވުން މި އަންނަ ރަމަޟާން މަހަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިގޮތުން ބީއެމްއެލް އިން ބުނީ "ރަން ފުރުސަތު" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން އެ ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ފެބުރުވަރީ މަހު ބީއެމްއެލް ކާޑުން ރެޑްވޭވުން ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި 1 މާރިޗު އިން ފެށިގެން 7 އޭޕްރީލް ގެ ނިޔަލަށް ރެޑްވޭވް އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެއަށް ބޭނުންވާ އެކިއެކި ފަރުނީޗަރާއި، ބަދިގޭ ހިފައިގެންގުޅޭ ތަކެއްޗާއި ކާބޯތަކެތީގެ ބާވަތްތައް ގަތުމަކީ ދިވެހީން އަބަދުވެސް ކޮށް އުޅޭ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު