Saturday, October 31
ގިވްއަވޭއެއްގައި ބައިވެރިވެގެން ބީއެމްއެލްގެ މި އަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުޞަތު
ގިވްއަވޭއެއްގައި ބައިވެރިވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ބީއެމްއެލް މިއަދު އިޢުލާންކުރި ގޮތުން މި ކަލަންޑަރު ގިވްއަވޭގައި ބައިވެރިވެވޭނީ އެމީހެއްގެ އައު އަހަރު އިމޯޖީތައް އެކަނި ބޭނުންކޮށްގެން ސިފަކޮށްދީގެންނެވެ. މިގޮތުން މާދަމާ 23:00 ގެ ކުރިން ޖަވާބުތައް ފޮނުވުމަށް ބޭންކުން ވަނީ ބުނެފައެވެ. މި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކަލަންޑަރު ލިބޭ ނަސީބުވެރި 10 ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި ބޭންކްގެ 2025 ވަނަ އަހަރުގެ ކަލަންޑަރަކީ ދިވެހި ކާބަފައިންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަލަންޑަރެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު