Saturday, October 31
ޓޫރިޒަމް އިޝްތިހާރުކުރުން: ހިލޭ 52 ދަތުރު ލިބޭ ބޮޑު ކެމްޕެއިނެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު ގްލޯބަލް ގިވްއަވޭ ރަސްމީކޮށް ފަށައިފިއެވެ.

ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ލަންޑަނުގައި މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރި މި ހަރަކާތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އަހަރުގެ ކޮންމެ ހަފްތާއަކަށް އެއް ޗުއްޓީ ދަތުރު ލިބިގެންދާނެ އެވެ. އެގޮތުން ޖުމްލަ 52 ޗުއްޓީ ދަތުރު ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ މި ގިވްއަވޭގެ ނަސީބުވެރި ފަރާތެއް ކޮންމެ ހަފްތާއަކު ވެސް ހޮވާނެ އެވެ. ކޮންމެ ގިވްއަވޭއެއްގައި ވެސް ރާއްޖޭގެ ރީތި ގޮނޑުދޮށާއި، ސާފު މޫދު އަދި ގުދުރަތީ ރީތިކަން ފެންނަ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ކަނޑުގެ ދިރުންތައް ފަދަ އެކި ކަންކަން ދައްކުވައިދޭނެއެވެ.

މީގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެގެ މަޝްހޫރުވެފައިވާ ހަނީމޫން، ލަގްޒަރީ އަދި ފެމިލީ ޑައިވިން ފަދަ އެކި ސެގްމެންޓްތަކަށް އަލިއަޅުވާލާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނިގޮތުގައި މި ގިވްއަވޭގެ މަގްސަދަކީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ބައިނަލްއަގުވާމީ ފަރާތްތަކުގެ ބައިވެރިވުމާއި އެކު ރާއްޖެ އަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރިކުރުވުމެވެ.

މި ގިވްއަވޭތަކުގައި ބައިވެރިވުމުން ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ތަޖުރިބާތައް ލިބި، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ޒިޔާރާތްކުރެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރެވޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެ އެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ރާއްޖެއަކީ އެންމެ މަގްބޫލް އެއް ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ވެސް މި ގިވްއަވޭގެ ތެރެއިން އިޝްތިހާރުކުރާނެ ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ކުންފުނިން މަސައްކަތްކުރަމުން ގެންދަނީ ރާއްޖެ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ލިބިފައިވާ ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ދެމެހެއްޓުމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު