މަޝްހޫރު ބޮލީވުޑްގެ ތަރި ހީނާ ހާން ރާއްޖޭގައި ސްނޯކްލިންގ ކުރަމުން ނެގި ވީޑިއޯއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފިއެވެ.
ހީނާ ޝެއާ ކުރި ވީޑިއޯގައި ފެންނަނީ ރާއްޖޭގެ ރީތި މޫދެއްގައި ސްނޯކުލިން މާސްކާއި ފިންސް އަޅައިގެން ހުއްޓައެވެ. އަދި މި ވީޑިއޯގެ ކެޕްޝަން ގައި ޖަހައިފައިވަނީ، އޭނާ ނިސްބަތްވަނީ ރާއްޖެއަށް ކަމާށާއި، ރާއްޖޭގެ މޫދުން އޭނާއަށް ހިތްހަމަޖެހުމާއި ތާޒާކަން ލިބޭކަމެވެ.
ސްޓޭޖް ތްރީ ބްރެސްޓް ކެންސަރަށް ފަރުވާ ހޯދަމުންދާ އުމުރުން 37 އަހަރުގެ ހީނާ ހާން ރާއްޖެ އައީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އިންސްޓަގްރާމްގައި ހީނާ ދަނީ ރާއްޖޭގައި ނަގަމުންދާ ރީތި ފޮޓޯތަށް ހިއްސާ ކުރަމުންނެވެ.
ފާއިތުވި އޮކްޓޫބަރު މަހުގަވެސް ހީނާ ވަނީ ރާއްޖެއަށް އައިސް ސަން ސިޔާމް ރިޒޯރޓްގައި ދުވަސްތަށް ހޭދަކޮށްފައެވެ. މިވަގުތު ހުރީ ޖޯއީ އައިލެންޑް މޯލްޑިވްސް ރިޒޯރޓް ގައެވެ.
މި ލިޔުން ކިޔާލުމުން