އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު އެކުލަވާލައިފައިވަނީ ރައްޔިތުންނަށް ވަރަށް ފާގަތިކަން ލިބޭނެ ގޮތަށް ކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު އަނާރާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުންނެވެ.
އަނާރާ ވިދާޅުވީ 2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ފައިދާވާނެ މުހިންމު ކަންކަން ވެގެންދާނެ ކަމަށެވެ.
ބަޖެޓަށް ބަލައިލާއިރު، ވަރަށް މުހިންމު ދާއިރާތަކަށް ވަރަށް މުހިންމު ކަންކަން ހިމެނިފައި އެބަހުރި ކަމަށާއި، އެގޮތުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ބަޖެޓެއް ކަނޑައެޅިފައިވާ ކަމަށް އަނާރާ ވިދާޅުވިއެވެ.
8251 މިލިއަން ރުފިޔާ، ކޮންމެ ބޮލަކަށް އެބަޖެހޭ 21564 ރުފިޔާ. އެހެންވީމާ، މިއީ ވަރަށް ބޮޑެތި އަދަދުތައް. އާސަންދައިގެ ނިޒާމު ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަން މި ކަންކަމުން އެބަ ހާމަވެގެންދޭ.
މީގެއިތުރުން ތައުލީމީ ދާއިރާއަށް ބަލާއިރު ވެސް އެ ދާއިރާއަށް 6162 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށާއި، އެއީ ސްކޫލުތައް އިމާރާތްކުރުމާއި ތައުލީމު އެކި ގޮތްގޮތުން ކުރިއެރުވުމަށްކަން އަނާރާ ފާހަގަކުރެއްވިއެވެ.
ހަމަ އެގޮތަށް މި ބަޖެޓު ވަރަށް ޚާއްސަވެގެންދަނީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ގޮތަށް ކަމަށާއި، އެގޮތުން
މި ބަޖެޓުގެ ދެބައިކުޅަ އެއްބައި ޚާއްސަވެފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް އަނާރާ ވިދާޅުވިއެވެ.
''އަޅުގަނޑަށް ޔަގީންކުރެވޭ ގޮތުގައި މި އަންނަ އަހަރު މިއީ ވަރަށް ފާގަތި އަހަރަކަށްވެގެންދާނެ އިރާދަކުރެއްވިއްޔާ މި ބަޖެޓާއެކު.'' އަނާރާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން