އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ
ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައި ކަމަށްވާއިރު، އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚެއްގައ އެންމެ ކުޑަ ޑެފިސިޓު ބަޖެޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.4 އިންސައްތައިގައެވެ. އަދި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި 12.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެއެވެ.
ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް:
ސަބްސިޑީގެ ނިޒާމު ބަދަލުކޮށް ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރުން.
އާސަންދަ ނިޒާމު މުރާޖައާކޮށް، އެ ނިޒާމަކީ މިހާރަށްވުރެ ވަށާޖެހޭ ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން.
ދައުލަތުން ދޭ ޕެންޝަންތައް ތަކުރާރު ނުވާނެހެން އަދި އިސްރާފުނުވާނެހެން މުރާޖައާ ކުރުން.
އެސްއޯއީތައް ރިފޯމު ކުރުން.
ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓާނަލް ހިރާސްތައް ހެޖުކުރުން.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ އާމްދަނީ އިތުރުކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެ ފިޔަވަޅުތަކާއެކު 4.9 ބިިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.
އެ ފިޔަވަޅުތަކުގެތެރޭގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ރޭޓު މަތިކުރުމާއި، އެއާޕޯޓުގެ ޓެކުހާއި ފީގެ ރޭޓުތައް މަތިކުރުމާއި، ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫތަކަށް ނަގާ ވެލިން ޑްރެޖިން ފީއެއް ނެގުން ހިމެނެއެވެ.
މީގެއިތުރުން ޓީޖީއެސްޓީ ރޭޓް މަތިކުރުމާއި، ޖީއެސްޓީ ނިޒާމުގައި ޑެސްޓނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުން އަދި ފްރެކްއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން