ލުބުނާނުގެ އިރުދެކުނު ސަރަހައްދުގައި ރިޕޯޓަރުން ދިރިއުޅެމުންދާ އިމާރާތަކަށްއިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ނޫސްވެރިއަކު މަރުވެއްޖެއެވެ.
މި ހަމަލާ ދީފައިވަނީ ހަސްބަޔާގައި ހުންނަ ގެސްޓްހައުސްއަކަށެވެ. މިގެސްޓްހައުސްއަކީ މަދުވެގެން ހަތް މީޑިއާ ޖަމިއްޔާއެއްގެ ދިހަވަރަކަށް ވުރެ ގިނަ ނޫސްވެރިން ބޭނުން ކުރަމުން އަންނަ ތަނެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް މީގެ ކުރިން ވަނީ ނޫސްވެރިންނަށް އަމާޒު ހިފާފައިވާ ކަމަށް ދޮގުކޮށްފައެވެ.
މި ތިން މީހުން މަސައްކަތް ކުރީ ބްރޯޑްކާސްޓަރު އަލްމަނާރު ޓީވީ އާއި އަލް މަޔާދީން ޓީވީގައެވެ.
އަދި އެކުންފުނިން ވަނީ އެމީހުންގެ މަރާލާފައިވާ މުވައްޒަފުންނަށް އިހުތިރާމްކޮށް ބަޔާންތައް ނެރެފައެވެ.
މަރުވި މީހުންނަކީ އީރާނަށް ތާއީދުކުރާ ނިއުސް ޗެނަލް އަލް މަޔާދީންގެ ކެމެރާ އޮޕަރޭޓަރު ޣަސަން ނަޖާރާއި އިންޖިނިއަރު މުހައްމަދު ރެދާގެ އިތުރުން ހިޒްބުއްލާ އާއި ގުޅިފައިވާ އަލްމަނާރުގެ ކެމެރާ އޮޕަރޭޓަރު ވިސާމް ޤާސިމެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ މި ގޮވުމުގެ ސަބަބުން އިތުރު ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
މިހަމަލާދީފައި މިވަނީ ލުބުނާނުގައި ޖެހިފައިވާ ހަމަނުޖެހުން ތަކުގެ ތެރެއިން އިސްރާއީލުން ވައިގެ ހަމަލާތަށް އިތުރުކޮށް ވަރުގަދަ ކުރަމުން އަންނަތާ ހަފްތާއެއްވެފައި ވަނިކޮށްށެވެ.
ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާއިތުވި ތިން ހަފްތާގެ ތެރޭގައި މުޅި އެގައުމަށް 1،700 އަށް ވުރެ ގިނަ ވައިގެ ހަމަލާތައް ލިބިފައިވާކަމަށް ބުނެފައެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ލުބުނާނުގައި 19 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން މަރުވި މީހުންގެ އަދަދު ވަނީ 2،593 އަށް އަރާފައެވެ.
ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 42،847 މީހުން މަރުވެ 100،544 މީހުން ޒަޚަމްވެފައިވާއިރު، ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮއްފައިވާ ކަމަށް ލަފާކުރެވެއެވެ.
މި ލިޔުން ކިޔާލުމުން