މާލޭގެ މަގުތަކުން ވެހިކަލް ޕާކިން އަށް ކުއްޔަށް ދޫކުރަމުން އައި ޖާގަތައް ކުއްޔަށްދިނުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާ ކަމަށާއި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ.
ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މާލޭގެ މަގުތަކުގައި ހުރި އާންމު ޖާގަތައް ބޭނުން ހިފޭނެ ގޮތެއް ހެދުމަށްޓަކައި މިއަދުން ފެށިގެން އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުދޭން ކައުންސިލަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ކުރިން ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެ ޖާގަތައް ވެސް އިތުރަށް ކުއްޔަށް ދޫނުކުރުމަށް ކައުންސިލަށް އަންގާފައިވެ އެވެ.
މި ލިޔުން ކިޔާލުމުން