ސްރީލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން އެ ގައުމުގައި މިރޭ 10:00 އިން ފަތިހު 06:00 އަށް ކާފިއު އިއުލާނުކޮށްފިއެވެ.
ސްރީ ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ކާފިއު އިލާނުކުރީ ހަމަނުޖެހުންތަކަށް ފުރުސަތުނުދީ ޤައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
ކާފިއު ވަގުތުގައި ރައްޔިތުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ސްރީލަންކާގެ ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ސްރީލަންކާގައި މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރުވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ވޯޓުފޮށިތައް ގުނައި ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތެވެ.
ޖުމްލަ 38 ކެންޑިޑޭޓުން ބައިވެރިވި މި އިންތިޚާބުގައި އެންމެ ވާދަވެރި ކެންޑިޑޭޓުންގެ ގޮތުގައި ފެންނަނީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އާއި ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހު އާއި އިދިކޮޅު ލީޑަރެއް ކަމުގައިވާ ސަޖިތު ޕްރެމަދާސަ އެވެ.
މި އިންތިޚާބުގައި ވޯޓުލާފައި ވަނީ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މިހުންގެ ތެރެއިން 70 ޕަސެންޓް މީހުންނެވެ. ލަންކާގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ރައްޔިތުންގެ އަދަދަކީ 16 މިލިޔަން އެވެ.
މި ލިޔުން ކިޔާލުމުން