ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަަލީ އަޝްފާގު (ދަގަނޑޭ)، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
އިންޑިޔާގައި ކުރި މިއޮޕަރޭޝަނަކީ 5 އަހަރު ވަންދެން ކަކުލަށް ލިބިފައި ހުރި އަނިޔާއަކަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނެކެވެ. ދަނގަޑޭ 5 އަހަރު ވަންދެން މިއޮޕަރޭޝަން ނުކޮށް މަޑުކުރީ އޮޕަރޭޝަނަށް ފަހު ކުޅުމަށް އެނބުރި ނާދެވިދާނެ ކަމުގެ ބިރުއޮތުމުންނެވެ.
ދަގަނޑޭގެ ކަކުލަށް މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ވަނީ އަނިޔާވެފައެވެ.މިމެޗުގައި ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަގަނޑޭ ބޭލީ އަށިގަނޑުގަ އެވެެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 98 މެޗު ކުޅެފައިވާ ދަގަނޑޭ އަށް މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގައި ނުކުޅެވުނީ ވެސް އަނިޔާގެ މައްސަލަތަކާ ހުރެ އެވެ. ދަނގަޑޭވަނީ ގައުމީ ޓީމަށް 58 ގޯލުޖަހާފައެވެ.
ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސްދަގަނޑޭއެވެ. ދަނގަޑޭ އަކީ މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ލެވެލްގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
މި ލިޔުން ކިޔާލުމުން