ސަރުކާރުގެ ތިން ވަޒީރަކާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ "އަހާ" ފޯރަމް މާދަމާރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ވަޒީރުންގެ ކިބައިން ޖަވާބު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.
Advertisement
މާދަމާރޭ 21:00 އިން ފެށިގެން ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
- ޢަލީ އިޙްސާން: މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
- އަޙްމަދު ޝިޔާމް: މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
- ޢަބްދުﷲ ރާފިޢު: މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ސީދާ ހާޒިރުވެގެން ސުވާލުކުރުމުގެ އިތުރުން، "ޕީއެސްއެމް އެއާ" އެޕްލިކޭޝަން މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެއެވެ.
މި ލިޔުން ކިޔާލުމުން



