މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ. ޔާސިރު އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީއެވެ.
މިކަން އިޢުލާން ކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ވަޒީރު ވިދާޅުވީ، ޝައިޚު ރާއްޖެ ވަޑައިގަންނަވާނެ ތާރީޚް ފަހުން އިޢުލާން ކުރައްވާނެ ކަމަށެވެ.
މިއީ ފާއިތުވި 43 އަހަރުގެ ތެރޭގައި މަސްޖިދުލްޙަރާމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ޙަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެއީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ. މީގެއިތުރުން، 2025 ވަނަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން



