ކީރިތި ޤުރުއާނުގެ ދާއިރާއިން ދިވެހިރާއްޖެ މިއަދު ދެކެމުންދަނީ ވަރަށް ހެޔޮ ދުވަސްތަކެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި މުޅި ރާއްޖޭގައިވެސް ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަން ފާހަގަކުރައްވައި، މި ދާއިރާއިން މިއަދު ފެންނަމުންދާ ހެޔޮ ބަދަލުތައް ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިފަހަރުގެ މުބާރާތަކީ ތާރީޚުގައިވެސް އެންމެ ބޮޑެތި ބަދަލުތަކާއެކު ކުރިއަށްގެންދެވުނު މުބާރާތްކަން ފާހަގަކުރައްވަމުން، އެންމެ މުހިންމު ބަދަލެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ މުބާރާތުގައި ބައިވެރިވާން ބޭނުންވި ކޮންމެ ފަރާތަކަށްވެސް އަމިއްލަ ހައިސިއްޔަތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުމެވެ. މި މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއްކަން ފާހަގަކުރައްވައި، މުބާރާތް އިންތިޒާމުކޮށް ކުރިއަށް ދިއުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



