ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން ފީނަން ފޭބި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު، އަނބުރާ ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު 2026 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ މެންދުރުފަހު 15:20 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
Advertisement
މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގެ، އުމުރުން 30 އަހަރުގެ މުޙައްމަދު ޝައްފާން އެވެ.
މަރޮށި ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޝައްފާން އެ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



