ހޭންޑްބޯލް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް މާލޭ ސިޓީގައި ފަށައިފިއެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހޭންޑްބޯލް ރެފްރީންގެ ކޯސް (ބެޗް 1) ފަށްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަހީދެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ހިންގާ މި ކޯހަކީ ސެޕްޓެންބަރު މަހުގެ 22 އިން އޮކްޓޫބަރު 2 އަށް ކުރިއަށްދާ ކޯހެއް ކަމަށެވެ.
40 ބައިވެރިންނާއެކު 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލްގެ މުހިންމު ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންސްޓްރަކްޓަރުން ކަމަށްވާ ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހީމެވެ.
މި ލިޔުން ކިޔާލުމުން



