ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައި، އެ ޕާޓީގެ 15 މެމްބަރުން ހިމެނޭ ވަފުދެއް ޕާކިސްތާނަށް މިއަދު ފުރާވަޑައިގެންފިއެވެ.
ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައި، އެ ޤައުމުގެ މެމްބަރުންނާ ބައްދަލުކުރައްވައި ގާނޫނީ ދާއިރާއިން ތަޖުރިބާއާއި ހިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ވަފުދުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު، ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ މުހައްމަދު ޝާހިދު އާއި މުހައްމަދު އިސްމާއީލް، އަދި އެ ޕާޓީއަށް ނިސްބަތްވާ އެކި ދާއިރާތަކުގެ 12 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރޭގައި ހުސްނީ މުބާރަކް، އިބްރާހީމް ނަސީމް، އަހުމަދު އައިފާން، މުހައްމަދު އަލީ، މުހައްމަދު މަމްދޫހު، އާދަމް ޒާހިރު، ހަނާން މުހައްމަދު ރަޝީދު، އިބްރާހީމް ދީދީ، ހަމަދު އަބްދުﷲ، މުހައްމަދު ދާއޫދު، ހަސަން ވަހީދު އަދި އިބްރާހީމް ޝިފާޒު ހިމެނެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މީގެ ކުރިންވެސް އެ މަގާމުގެ ހައިސިއްޔަތުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



