ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އަދި މިކަމަކީ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ޕްރޮޓޮކޯލަކީ 5 އެޕްރީލު 2010 ގައި ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ މުޢާހަދާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމަށް އެކުލަވާލާފައިވާ އިޚްތިޔާރީ ޕްރޮޓޮކޯލެކެވެ. ދިވެހިރާއްޖެއިން މައި މުޢާހަދާ ތަޞްދީޤުކުރި ނަމަވެސް، މީގެ ކުރިން މި ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ ރިވިއުތަކުގެ ތެރެއިން މި ޕްރޮޓޮކޯލް ތަޞްދީޤުކުރުމަށް ރާއްޖެއަށް ގިނަ ހުށަހެޅުންތަކެއް ވަނީ ލިބިފައެވެ.
މި ޕްރޮޓޮކޯލްގެ ދަށުން މުހިންމު ދެ ނިޒާމެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި، ފަރުދެއްގެ ނުވަތަ ބައެއްގެ ޙައްޤެއް ގެއްލިގެން ޤައުމީ ފެންވަރުގައި ކުރެވޭ ޤާނޫނީ މަސައްކަތްތައް ފުރިހަމަވުމުން އދ. ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، މެންބަރު ޤައުމަކުން ނިޒާމީ ސިފައެއްގައި ޙައްޤުތަކަށް އަރައިގަންނަ ކަމަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި އދ. ގެ ކޮމިޓީއަށް އިންކުއަރީއެއް ހިންގުމުގެ ބާރު ލިބިދޭ ނިޒާމު ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން



