ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ނައިބު އަޙްމަދު އަސަދު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ކޯޓާ ފީއާއި ޖޫރިމަނާގެ ގޮތުގައި ނުލިބި 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ އޮތް ކަމަށާއި، އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އޭގެ ބޮޑުބައެއް މިހާރު ވަނީ ހޯދިފައެވެ.
އެގޮތުން ގަވާއިދުން ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމާ ގުޅިގެން، ގިނަ ބަޔަކު ދަނީ ފައިސާ ދައްކައި ގަވާއިދަށް ފެތުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމާނާ އަރާފައިވާ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. މީގެއިތުރުން، ދާޚިލީ ވުޒާރާގެ ނައިބު އަޙްމަދު އިބްރާހީމް ދީދީ ވިދާޅުވި ގޮތުގައި، ސިސްޓަމަށް ގެންނަ ބަދަލުތަކާއެކު ވޯކް ޕާމިޓާއި ސައިޓް ރަޖިސްޓްރީ ކުރުން ފަދަ ހިދުމަތްތަކަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން



