ސައޫދީ އަރަބިއްޔާއާއި ޔަމަނުގެ ހޫޘީންނާ ދެމެދު ހަމަލާތައް ވަރުގަދަވެ ފަސް މީހުން މަރުވެފައިވާއިރު، މައްކާއަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނެ ސައޫދީން ދައްކާ ވާހަކަތައް ހޫޘީންގެ ލީޑަރު އަބްދުލްމާލިކް އަލްހޫޘީ ވަނީ ދޮގުކުރައްވާފައެވެ.
އަބްދުލްމާލިކް އަލްހޫޘީ ވިދާޅުވީ، މައްކާގެ މާތްކަމާއި ހުރުމަތަކީ ޔަމަނުގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ސައޫދީން ދޮގުތައް ބޭނުންކުރަނީ ހަނގުރާމައިގެ މަގްސަދުތައް ހާސިލުކުރުމަށް ކަމަށެވެ.
މި މައްސަލައިގައި އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވީ، މުޤައްދަސް ބިންތަކަށް ދޭ ހަމަލާތައް ކުށްވެރިކުރާ ކަމަށާއި، ނަމަވެސް އެކަމުގެ ތުހުމަތު ހޫޘީންގެ ބޮލުގައި އެޅުވުމަށް އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ. އަދި މިއީ ސަރަހައްދުގައި ހިންގާ ފޯލްސް ފްލެގް އޮޕަރޭޝަނަކަށް ވެދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޠާއިފަށް ހޫޘީން ދިން ހަމަލާތައް ކުށްވެރިކޮށް، ކުވައިތާއި ބަހްރައިނުން ވަނީ ސައޫދީ އަރަބިއްޔާއާ އެކު ތިބިކަން ހާމަކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަނުން ހުރިހާ އަސްކަރީ ހަރަކާތްތަކެއް ވަގުތުން ހުއްޓާލުމަށް ހޫޘީންނަށް ގޮވާލާފައިވާއިރު، ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވަނީ ސައޫދީއާއެކު އޮތް ގުޅިފައިވާ ދިފާއީ އެއްބަސްވުމަށް އަމަލުކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން



