ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން މިއަދު ނެރެފައިވާ ޔުނިކޯޑް ސްޓޭންޑާޑްގެ ވާޝަން "UNICODE 18.0" ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައި، އެ ނިޝާން U+20C2 ކޯޑް ޕޮއިންޓާއެކު ޑިޖިޓަލް މަންސަތަކުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން 2022 ވަނަ އަހަރު ތައާރަފުކުރި މި ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނުމަކީ ޑިޖިޓަލް ވަސީލަތްތަކުގައި ރުފިޔާގެ ނިޝާން ބޭނުންކުރުމަށް ހާސިލުވި މުހިންމު ލަނޑުދަނޑިއެކެވެ. މީގެ ސަބަބުން ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތަކުގައި އެއް މިންގަނޑަކަށް މިއަދުން ފެށިގެން މި ނިޝާން ބޭނުންކުރެވޭނެ ކަމަށާއި، އަމަލީ ގޮތުން ބޭނުންކުރަން ފެށޭނީ ކުރިއަށް އޮތް ސޮފްޓްވެއަރ އަޕްޑޭޓްތަކާއެކު ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ. އަދި މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



