މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ބޮޑެތި ބަދަލުތަކާއެކު އެ ބޭންކުގެ "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން ވަނީ އިފުތިތާހުކޮށްފައެވެ.
މިއީ ކަސްޓަމަރުންނަށް ކުރިއަށްވުރެ އަވަސް، ފަސޭހަ އަދި ރައްކާތެރި ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި އަޕްގްރޭޑެއް ކަމަށް އެމްއައިބީއިން ބުނެއެވެ.
މި އާ އަޕްގްރޭޑާއެކު އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަކުރުމުގެ ގޮތުން ޔޫސާ އިންޓަފޭސް އެއްކޮށް އަލުން ފަރުމާކޮށްފައިވާއިރު، ފައިސާ ފޮނުވުމުގައި އެކައުންޓް ނަމްބަރާއި ނަން ސާޗުކޮށްގެން އަވަހަށް މުއާމަލާތްތައް ނިންމާލެވޭ 'ސްމާޓް ސާޗް' ފީޗާގެ އިތުރުން، ބޭރު ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ 'ފައިސާ ރެމިޓް' އިފުތިތާހުކޮށްފައިވެއެވެ. މީގެއިތުރުން ކަސްޓަމަރުންގެ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަން ގެނެސްދޭނެ އާ ހިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް އެމްއައިބީއިން މަސައްކަތް ކުރަމުންދެއެވެ.
މި ލިޔުން ކިޔާލުމުން



