ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހި ޖެހިފައިވާ ފަސް މީހަކު ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް މި ބަލި ޖެހިފައިވީ ނަމަވެސް، މިހާރު ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 16،368 މީހަކު ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ނުހަނު ފަސޭހައިން ފެތުރޭ، އަދި ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ބައްޔަކަށްވާތީ، މީގެއިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު މަގަކީ ވެކްސިންގެ ދެ ޑޯޒް ހަމަކުރުން ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން، އެއްވެސް ސަބަބަކާ ހުރެ ވެކްސިން ނުޖެހި ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



