ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 6 ދާއިރާއަކަށް ސަރުކާރުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި މިފަހަރު ފުރުސަތު ހުޅުވާލެވިފައިވަނީ ތިރީގައި ލިސްޓުކުރެވިފައި ދާއިރާތަކުގެ ރައްޔިތުންނަށެވެ:
- ބާރަށު ދާއިރާ
- ކާށިދޫ ދާއިރާ
- މަތިވެރި ދާއިރާ
- ވިލިނގިލި ދާއިރާ
- ހުޅުމާލެ ދެކުނު ދާއިރާ
- ގަލޮޅު އުތުރު ދާއިރާ
މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރައީސް އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 12:00 އެވެ.
މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލާއި ބައިވެރިވުމުގެ އުސޫލުތައް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ. "ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ މުޅި ރާއްޖޭގެ އިންތިޚާބީ 93 ދާއިރާއަށް އަމާޒުކޮށްގެން، ރައްޔިތުންގެ އެދުންތަކާއި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ސިލްސިލާއެކެވެ.
މި ލިޔުން ކިޔާލުމުން



