މަސްޖިދުލް ފުރްޤާންގެ ތެރެއަށާއި އެ މިސްކިތުގެ ވުޟޫކުރާ ބަޔަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑުމުގެ އިތުރު މައްސަލައެއް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. ފުރްޤާން މިސްކިތަކީ ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ އަމާޒަކަށްވެ، ތަކުރާރުކޮށް ގެއްލުންތަކާ ކުރިމަތިލާންޖެހޭ ތަނެކެވެ.
މިފަހުން އެ މިސްކިތަށް ގެއްލުންދީ، ހަރުގަނޑުތަކުގައި ހުރި މުޞްޙަފްތައް ނަގައި ބިމަށް އުކާލި މައްސަލައެއްގައި ފުލުހުން ވަނީ ގ. މާލެހިޔާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ހައްޔަރުކޮށްފައެވެ. މިދިޔަ ހޮނިހިރިދުވަހު ހިންގި މި އަމަލާ ގުޅިގެން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެއާއި ހުޅުމާލޭގެ މިސްކިތްތަކުގެ ހުރުމަތް ކަނޑައި ގެއްލުންދިނުމުގެ މައްސަލަތައް އިތުރުވަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެގޮތުން، މިފަހުން ހުޅުމާލޭ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން



