ދިވެހިރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި ޤައުމަށް ލިބުނު ކޮންމެ ތަރައްޤީއަކާއި ފާގަތިކަމެއްގެ އަޞްލަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ އިއްޔެއާއި، މިއަދުގެ އިތުރުން މާދަމާގެވެސް ސަލާމަތާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމީ ނޫރުން ދިވެހީންގެ ހިތްތައް އުޖާލާވިތާ 9 ޤަރުނު ފުރުމުގެ މުނާސަބަތުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހި ޤައުމަށް އިތުރު ފާގަތިކަމާއި ސަލާމަތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



