"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ އުފައްދަވާފައެވެ. މި ކުންފުނި އުފައްދާފައި ވަނީ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް މައްޗަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ޤަރާރު ނަންބަރު 2026/14 އިންނެވެ.
މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދީނީ ކަންކަމަށް ޚަރަދުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފުތައް ބިނާކޮށް، އެފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމެވެ. އެއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ ތަންތަނުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ތަރައްޤީކޮށް ގާއިމުކުރުމުގެ މަސައްކަތްވެސް މި ކުންފުނިން ކުރާނެއެވެ. މީގެ އިތުރުން، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އުޞޫލުން ވިޔަފާރި ހަރަކާތްތައް ހިންގުމަކީވެސް މި ކުންފުނި އުފެއްދެވި މުހިންމު ބޭނުމެކެވެ.
މި ލިޔުން ކިޔާލުމުން



