ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ސަރުކާރާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ މުބާރާތަކީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި ބޭއްވި އޮޑިޝަން ބުރުގައި 2،742 ބައިވެރިން ކިޔަވާފައިވާއިރު، އޭގެ ތެރެއިން 379 ދަރިވަރަކު ވަނީ ސެމީ ފައިނަލަށް ހޮވިފައެވެ.
މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ސެޕްޓެމްބަރު 11 އިން 14 އަށް ކުރިއަށްދާއިރު، ފައިނަލް ބުރުގެ ކިޔެވުން އޮންނާނީ ސެޕްޓެމްބަރު 16 އިން 17 އަށެވެ.
ޤައުމީ ޤުރުއާން މުބާރާތުގެ ފެންވަރު މަތިކޮށް، ފާހަގަކޮށްލެވޭ ފަދަ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމެކެވެ.
މި ލިޔުން ކިޔާލުމުން



