މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާކޮށް އަމިއްލަ ދާއިރާގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، އެ އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެ އޮފީހުގެ މަސައްކަތްތައް ބަލަހައްޓާ އެގްޒެކެޓިވް ބޯޑުގައި މީގެ ކުރިން ތިއްބަވަނީ އަށް މެންބަރުންނެވެ. ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ބޯޑުގައި ނޮން-އެގްޒެކެޓިވް ނުވަ މެންބަރުން ތިއްބަވާނެއެވެ.
އާ އިސްލާހުގެ ދަށުން ބޯޑު އެކުލެވިގެންވަނީ:
- ޗެއާޕާސަން
- މާލިއްޔަތާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް
- އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް
- ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާގެ ސިވިލް ސާވިސްގެ އިސް އޮފިޝަލެއް
- ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަސް މެންބަރުން
މީގެކުރިން ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ހުންނަވަނީ ހަތަރު މެންބަރުންނެވެ. މީގެއިތުރުން، ޕެންޝަން އޮފީހުގެ ގަވަނަންސް ކޯޑަށް ގެނައި ބަދަލާއެކު، އޮފީހުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހިންގުމުގެ މަސައްކަތްތައް ސީއީއޯ ބަލަހައްޓަވަމުން ގެންދަވާނެއެވެ. އަދި އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރާނީ ސީއީއޯގެ އިރުޝާދުގެ ދަށުން މެނޭޖުމަންޓުންނެވެ.
މި ލިޔުން ކިޔާލުމުން



