މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފެށުމުން، 18 އަހަރުވީ ގާނޫނީ ބޮޑު ހުސްކަމަކަށް ނިމުން އަންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމަށް ލ. ގަމުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޖަސްޓިސް މިނިސްޓްރީ އުވި، މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު އުވުމުން އެކި އިދާރާތަކުން ތަފާތު އުސޫލުތަކުން ކަންކަން ކުރަމުންދިޔަ ދިއުމަށް މިއަދު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މެޖިސްޓްރޭޓުންގެ އިސްނެގުމާއެކު އެކުލަވާލެވުނު މި ގަވާއިދުގެ ސަބަބުން، ރާއްޖޭގެ އުތުރާއި ދެކުނުގެ ކޯޓުތަކުންވެސް ރައްޔިތުންނަށް އެއް ފެންވަރެއްގެ، އިންސާފުވެރި އަދި ހަމަހަމަ ހިދުމަތެއް ލިބިގެންދާނެއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން މުވައްޒަފުން ތަމްރީނުކޮށް، ވަސީލަތްތައް ހަމަޖައްސަންޖެހެއެވެ. އަދި އާ ގަވާއިދުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ ރަޖިސްޓްރާއިންގެ މަގާމު ހިމެނޭއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން އިން ކަނޑައަޅާފައިވާ އޮނިގަނޑުގައި އެ މަގާމު ނެތުމުން ދިމާވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
މި ލިޔުން ކިޔާލުމުން



