ތ. ގުރައިދޫ މަގުހެދުމުގެ މަޝްރޫއުގެ 15 އިންސައްތަ މަސައްކަތް ނިމިއްޖެއެެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި ކޭބަލް ޖަންކްޝަންތައް ކާސްޓްކުރުމުގެ މަސައްކަތެވެ.
Advertisement
މި މަޝްރޫއުގެ ދަށުން ޖުމްލަ 2.86 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ލިޔުން ކިޔާލުމުން



