އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ގުޅިގެން، ހުޅުމާލެ ފޭސް 2ގެ "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި "އަމާން ދޯދި" ޓަވަރު 11 އަދި 12 އާ ދެމެދު އޮންނަ ހުސްޖާގައިގައި ރޭ ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.
އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައިދީފައިވާ ކަމަށްވެސް ސިފައިން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ މި ސެޝަންގައި ބައިވެރިވެލެއްވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަށް އިނާމް ހަވާލުކޮށްދެއްވާފައިވާ ކަމަށެވެ.
އާންމުންގެ ގިނަ ފަރާތްތަކެއް ބައިވެރިވެލެއްވި މި ސެޝަން ނަންގަވައިދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
މި ލިޔުން ކިޔާލުމުން



