އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މަޤުޞަދަކީ ހުޅުމާލޭގެ ޓްރެފިކް ހާލަތު ރަނގަޅުކުރުމަށާއި، ދިމާވާ ޓްރެފިކް މައްސަލަތަކަށް އަވަސް ޙައްލުތަކެއް ހޯދުމެވެ.
މިގޮތުން މި ބައްދަލުވުމުގައި ވަނީ، ހުޅުމާލޭގެ ޓްރެފިކް ހާލަތު މިހާރު އޮތް ގޮތާއި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިކަންކަމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކާއި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މިނިސްޓްރީން އެޗްޑީސީ އަދި ފުލުހުންނާ ބައްދަލުކުރެއްވިއިރު، މި ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ލިޔުން ކިޔާލުމުން



